10 Feb 2019, 15:54
ހޮރައިޒަން ފިޝަރީޒް ކޮމްޕެނީގެ 160000 ރުފިޔާގެ ޗެކަކާއި އިތުރު ޑޮކިއުމެންޓުތަކެއް ހުރި ދަބަހެއް ފޭރިގަނެފިއެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 10:45 ހާއިރު ފިޔާތޮށިމަގުގެ ޒިޔާރަތް މިސްކިތް ކައިރީ މީހެއްގެ އަތުން ލެޕްޓޮޕް ދަބަހެއް ފޭރިގަނެފައިވާ ކަމަށާޢި އެ ދަބަހުގައި ހޮރައިޒަން ފިޝަރީޒްގެ ޗެކަކާއި ލިޔެކިޔުންތައް ހުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ބަލަމުންދާއިރު މައްސަލާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނީ ކުންފުނިތަކުގެ ބޮޑެތި އަދަދުގެ ފައިސާއާއި ޗެކު ތަންތަނަށް ގެންދިއުމަށް ފުލުހުންގެ އިންސްޓަލޭޝަން ސެކިއުރިޓީގެ ހިދުމަތް ބޭނުންކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
މީގެ ކުރިން ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުން އެންޒީގެ ފައިސާތަކަކާއި ފިއުލް ސަޕްލައި މޯލްޑިވްސްގެ ފައިސާތަކެއްވެސް ވަނީ ފޭރިގަނެފައެވެ.