އެސްޓީއޯ އިން ވިއްކާ ޑީސަލްގެ އަގު ބޮޑުކޮށްފިއެވެ.

އެސްޓީއޯ އިން މިއަދު ބުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާ ގުޅިގެން އެކުންފުނިން ވިއްކާ ޑީސަލް ލީޓަރަކުން 90 ލާރި ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ.

މިއާއެކު މިއަދުން ފެށިގެން ޑީސަލް ލީޓަރެއް ލިބޭނީ 10.89 ރުފިޔާ އަށެވެ.

އެސްޓީއޯ އިން ޑީސަލްގެ އަގު މިއަދު ބޮޑުކޮށްފައިވާއިރު ޖެނުއަރީމަހު އެކުންފުނިން ވަނީ ޑީސަލް ލީޓަރަކުން ދެ ރުފިޔާ އަގުހެޔޮ ކޮށްފައެވެ. އޭރު އެކުންފުނިން ބުނީ ޑީސަލްގެ އަގުހެޔޮ ކުރީ ދުނިޔޭގެ ބާޒާރުގައި ތެކުގެ އަގު ހެޔޮވުމުން ކަމަށެވެ.