އަންނަ އެޕްރީލް މަހު ބާއްވާ މަޖިލިސް އިންތިހާބުގައި ވޯޓް ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ވަގުތު އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފި އެވެ.

މިދިޔަ މަހުގެ 29ގައި އިލެކްޝަންސް ކޮމިޝަނުން އާއްމު ކުރި ލިސްޓަށް ޝަކުވާ ހުށަހަޅަން މީގެ ކުރިން ހަމަޖެހިފައި އޮތީ މިއަދުގެ ނިޔަލަށެވެ. ނަމަވެސް މިއަދު އެކޮމިޝަނުން ވަނީ މިރޭ 10:00އާ ހަމަޔަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފަ އެވެ. އެލިސްޓު ސަރުކާރުގެ ގެޒެޓުންނާއި އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުން ބެލޭނެ އެވެ.

މިދިޔަ މަހުގެ 28ގައި އިލެކްޝަން ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. އެމުއްދަތު ހަމަވާނީ މިމަހުގެ 21 ވަނަ ދުވަހެވެ.

އެޕްރީލް ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި 264،589 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ މީގެ ކުރިން ވަނީ ބުނެފައެވެ.