އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ހަ އަހަރުގެ ކުޑަކުއްޖަކު އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައި މާލެ ގެނެސްފިއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިޝަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ، ސައިކަލު އެކްސިޑެންޓުގައި ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބުނު ހަ އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައި މިއަދު ހެނދުނު މާލެ ގެނެސްފައިވާ ކަމަށެވެ.

އައްޑޫ ސިޓީން ކުޑަ ކުއްޖަކު އެމްއެންޑީއެފްގެ އެހީތެރިކަމާއި އެކު މާލެ ގެނައިސްފައިވާއިރު ފ. ފީއަލީގައި ޑެންގޫ ޖެހުނު ހަ ކުއްޖަކު ރޭ ވަނީ އެމްއެންޑީއެފްގެ ސީ އެމްބިއުލެއިންސްގައި މާލެ ގެނެސްފައެވެ.

އެ ކުދިންނަށްވެސް އަންނަނީ އައިޖީއެމްއެޗުގައި ފަރުވާ ދެމުންނެވެ.