08 Feb 2019, 16:26
އިދިކޮޅު ކޯލިޝަން، ޕީޕީއެމްއާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ޕްރައިމަރީގެ ވޯޓުލުން ފަށައިފިއެވެ.
ޕީޕީއެމް-ޕީއެންސީގެ ޕްރައިމަރީގެ ވޯޓުލުން ފަށާފައި ވަނީ މިއަދު 15:00 އެވެ. އޭގެ ތެރެވޯޓު ފޮށިތައް ބަންދު ކުރަން ނިންމާފައި ވަނީ މިއަދު 18:00ގައެވެ.
މާލޭގައި އެ ޕްރައިމަރީގެ ވޯޓުފޮށިތައް ބަހައްޓާފައި ހުރީ ޕީޕީއެމްގެ އޮފީހުގައެވެ.
ޕްރައިމަރީ ކުރިއަށްދާ ދާއިރާތައް:
- މަކުނުދޫ ދާއިރާ
- އަލިފުށި ދާއިރާ
- ތުލުސްދޫ ދާއިރާ
- ފެލިދޫ ދާއިރާ
- މުލަކު ދާއިރާ
- ކިނބިދޫ ދާއިރާ

ޕީޕީއެމް-ޕީއެންސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދަނީ -- ސަން ފޮޓޯ
މީގެ ކުރިން ފުވައްމުލަކު އުތުރު ދާއިރާއާއި ނޮޅިވަރަމް ދާއިރާގެ ޕްރައިމަރީވެސް ބާއްވަން ހަމަޖެހިފައި އޮތީ މިއަދު އެވެ. އެހެން ނަމަވެސް، މިއަދު އެ ދެ ދާއިރާގެ ޕްރައިމަރީ ނުބާއްވާ ގޮތަށް ވަނީ ނިންމާފައެވެ.
ޕީޕީއެމް-ޕީއެންސީ ޕްރައިމަރީ ބާއްވާ އަށް ދާއިރާތަކަށް 25 ކެންޑިޑޭޓުން ވާދަ ކުރެ އެވެ. އަދި އެ ދާއިރާތަކަށް ވޯޓުލުމުގެ ހައްގު 6،613 މީހުންނަށް ލިބިގެންވެ އެވެ.