Back
Nov 24, 2025 SUN
SUN

މަޖިލިސް އިންތިހާބުގައި ވާދަ ނުކުރައްވަން ރީކޯ މޫސަ ނިންމަވައިފި

މަޖިލިސް އިންތިހާބުގައި ވާދަ ނުކުރައްވަން ރީކޯ މޫސަ ނިންމަވައިފި
Lead photo

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރައްވަން މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު (ރީކޯ) މޫސާ މަނިކު ނިންމަވައިފިއެވެ.

މޫސަ މިކަން ޓްވިޓާ މެދުވެރިކޮށް މިއަދު އިއުލާނުކުރެއްވި އިރު، އޭނާ މީގެ ކުރިން ވަނީ މަޖިލީހުގެ ގަމު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވައި، އެކަން އިއުލާނުކުރައްވާފައެވެ.

ދެހާސް ހަަތަރުވަނަ އަހަރު މުސަ މަޖިލީހަށް ފުރަތަމަ އިންތިހާބުވެފައި ވަނީ ލ. އަތޮޅުގެ މެމްބަރެއްގެ ގޮތުގައެވެ. އޭނާ މިފަހަރުގެ އިންތިހާބުގައި ގަމު ދާއިރާއަށް ކުރިމަތިލައްވަން ކުރިން ނިންމެވީ މީގެ ކުރިންވެސް އޭނާ މަޖިލީހަށް ހޮވިވަޑައިގަތީ އެ ދާއިރާއިން ކަމަށް ވާތީ ކަމަށް މޫސަ ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ ޗެއާޕާސަންކަންވެސް މީގެ ކުރިން ކުރެއްވި މޫސަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރެއްވި ފަހުން އެ ޕާޓީގެ ލީޑާޝިޕާއެކު އޮތީ ހިޔާލު ތަފާތުވުން އުފެދިފައެވެ.

އޭނާ އެމްޑީޕީން ވަކިކުރީ 2014 ވަނަ އހަަރުގެ ޑިސެމްބަރު މަހު ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރުމަށް މަޖިލީހުގައި ނެގި ވޯޓަށް އެމްޑީޕީން ނެރުނު ވިޕްލައިނާ ހިލާފުވެ ވޯޓަށް ހާޒިރުނުވުމުގެ ސަބަބުން އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީއަށް ޖަވާބުދާރީވުމަށް އެންގުމުން ޖަވާބުދާރީވެފައި ނުވުމުގެ ސަބަބުންނެވެ.

ފަހުން އޭނާ ވަނީ އޭރު އޮތް ޕީޕީއެމްގެ ސަރުކާރާ ގުޅި އެ ސަރުކާރާއެކު މަސައްކަތް ކުރައްވާފަ އެވެ. ނަމަވެސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ފަހު އޭނާ ވަނީ ޕީޕީއެމްއިން ވަކިވެވަޑައިގެންފައެވެ.

އަންނަ އެޕްރީލް މަހު ބާއްވާ މަޖިލިސް އިންތިހާބަށް، މޫސަ މިހާރު ތަމްސީލު ކުރައްވަމުން ގެންދަވާ ހުޅުހެންވޭރު ދާއިރާ ވަނީ ދެ ދާއިރާއަކަށް ބަހާލާފައެވެ. އެއީ ހުޅުމާލެ ދާއިރާއަށާއި ހެންވޭރު ހުޅަނގު ދާއިރާއަށެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics