ރިންގްރޯޑުގައި މިރޭ އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި، އެ ހާދިސާ ހިނގާފައި ވަނީ މިރޭ 21:30 ހާއިރު އެސްޓީއޯ ފުށް ގުދަން ކައިރީގައި ކަމަށެވެ.

އަދި އެ ހާދިސާގައި އަނިޔާވީ އަންހެނަކާއި ފިރިހެނަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ދެ މީހުން ވެސް މިހާރު އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ. ނަމަވެސް އެ ދެމީހުންނަށް ލިބުނު އަނިޔާ އަދި ކަށަވަރެއް ނުވެ އެވެ.

މިރޭ މާލޭގައި އެކްސިޑެންޓްވެ، ދެ މީހަކަށް އަނިޔާވި އިރު މިއަދު ހަވީރު ފުވައްމުލަކުގައި ކާރަކާއި ސައިކަލެއް އެކްސިޑެންޓުވެ ވަނީ 65 އަހަރުގެ ފިރިހެނަކަށް އަނިޔާވެފަ އެވެ.