09 Oct 2011, 13:13
ދިރިއުޅޭ ކޮޓަރިން ދެ ޑިލްޑޯ ފެނިގެން މއ. ފޭރުގޭ މުސްތަފާ ހުސައިން ހަ މަސް ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ކްރިމިނަލް ކޯޓުން މިއަދު ބުނީ މި އަހަރުގެ އެޕްރީލް 30ގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރޭ، ފޭރު ގޭގައި މުޞްތަފާ ޙުސައިން ދިރިއުޅޭ ކޮޓަރި ފާސްކުރި އިރު ކޮތަޅަކަށް ލާފައި އޮތް ދެ ޑިލްޑޯ ކޮޓަރީގެ ތަޅުން މަތިން ފެނިފައިވާ ކަމަށެވެ.
މުސްތޮފާގެ މައްޗަށް ކުށް ސާބިތުވީ ދެ ޑިލްޑޯގެ މައްސަލައިގައި އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ ކޮށް ޝަރީއަތް ހިންގުމުންނެވެ.
މުސްތޮފާގެ މައްޗަށް ޝަރީއަތް ހިންގުމަށް ފަހު ގާޒީ ކުރެއްވި ހުކުމްގައި ބުނެފައި ވަނީ ރާއްޖޭގައި އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ. އަދި ދިވެހި ރާއްޖެއަށް ގެނައުން މަނާތަކެތީގެ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ (ނ) އާ ހަވާލާދީ އެ ގާނޫނުގެ 13 ވަނަ މާއްދާގެ (ރ) ގެ ދަށުން މުސްތަފާގެ މައްޗަށް ކުށް ސާބިތުވެ ހަ މަސް ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމް ކުރާ ކަމަށެވެ.