07 Feb 2019, 08:58
މިދިޔަ އަހަރަކީ ހަތަރުވަނައަށް އެންމެ ހޫނު ގަދަވި އަހަރުކަމަށް ރިކޯޑު ތަކުން ދައްކައިފިއެވެ.
ރެކޯޑުތަކުން ދައްކާގޮތުގައި 2015 އަކީ މިހާތަނަށް އެންމެ ހޫނުގަދަވި އަހަރެވެ. އޭގެ ފަހަތުން 2016 އާއި 2017 ވަނަ އަހަރުވެސް ރެކޯޑުު ކުރެވިފައިވަނީީ ދުނިޔޭގެ ހޫނުމިން އިތުރު އަހަރުތަކުގެ ގޮތުގައެވެ.
މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވި ކާރިސާތަކުން އަރައިގަތުމަށް ހަރަދުކުރިި މިންވަރުވެސް މިދިޔަ އަހަރު ވަނީ އިތުރުވެފައެވެ.
ރިޕޯޓުތައް ބުނާގޮތުން ދުނިޔޭގެ ހޫނުމިން ދެ ޑިގްރީ އަށް ވަނީ އުފުލިފައެވެ. ހޫނުމިން އިތުރުވަނީ ޖައްވަށް ދޫކުރާ ވިހަ ގޭސްތަކުގެ ސަބަބުންނާއި މޫސުމަށް ނޭދެވޭ އަސަރު ކުރާގޮތަށް އިންސާނުންގެ އަމަލުތައް ބަހައްޓާތީ ކަމަށް ނާސާ އިން ވަނީ ބުނެފައެވެ.
ފާއިތުވި އަހަރުތަކުގެ ތެރޭގައި މެދުއިރުމައްޗާއި ނިއުޒިލެންޑް، ރަޝިއާ އަދި ޔޫރަޕްގެ ސަރަހައްދުތަކުގައި ވަނީ ހޫނުމިން އިތުރުވެފައެވެ. މީގެއިތުރުން ކަނޑުތަކުގެ ހޫނުމިންވެސް އިތުރުވަމުންދާކަމަށް ވެސް ނާސާއިން ބުނެއެވެ.