ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެބޯޑަށް ބޭފުޅަކު އައްޔަނު ކުރައްވައިފި އެވެ.

އެސްޓީއޯ އިން ބުނީ އެ ކުންފުނީގެ ބޯޑަށް ޕްރައިވަޓައިޒޭޝަން ބޯޑުން މިއަދު އައްޔަނު ކުރެއްވީ މ. ހުއިވަނި އިސްމާއިލް ޔާސިރު ކަމަށެވެ.

ޔާސިރު މަގާމަށް އައްޔަން ކުރެއްވީ އެސްޓީއޯގެ ބޯޑުގައި ހިމެނިވަޑައިގެންނެވި ނަން އެގްޒެކެޓިވް ޑިރެކްޓަރު މ. ވޭވިންލައިޓް އާއިޝަތު ރަފިއްޔާ ވަކިކުރެއްވުމަށް ފަހު އެވެ.

އެސްޓީއޯގެ ބޯޑުގައި މިހާރު ހިމެނިވަޑައިގަންނަވަނީ ޔާސިރުގެ އިތުރުން މެނޭޖިން ޑިރެކްޓަރު މުހައްމަދު އަމްރު އާއި އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު މިހާދުގެ އިތުރުން ޑިރެކްޓަރު އާމިރު މަންސޫރާއި މަރިޔަމް ޒާހިޔާ އާއި އާންމު ހިއްސާދާރުން ތަމްސީލު ކުރައްވާ ޑިރެކްޓަރު އައިޝަތު ފަޒީނާ އެވެ.