06 Feb 2019, 18:29
މާލޭގެ އިމާރާތަކުން ފުރާވަރުގެ އަންހެއްކުއްޖަކު ފުންމާލި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އިމާރާތެއްގެ މަތިން 14 އަހަރުގެ އަންހެންކުއްޖަކު ފުންމާލި މައްސަލަ ބަލަމުންދާ ކަމަށެވެ. އެކުއްޖާ އިމާރާތުން ފުންމާލި ރޭ ދަންވަރު ކަމަށް އެނގިފައިވެއެވެ.
މި މައްސަލާގައި ފުލުހުން ބުނީ ކުއްޖާ އަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ. އިތުރު ތަފްސީލް ހާމަކުރެވެން ނެތްކަމަށްވެސް ފުލުހުން ބުންނެވެ.
އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވެސް ވަނީ އިމާރާތެއްގެ މަތިން ފުންމާލި ކުއްޖަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާކަން "ސަން" އަށް ކަށަވަރުކޮށްދެއްވައިފައެވެ. އިތުރު ތަފްސީލެއް ނުލިބެއެވެ.