އުރީދޫގެ ތިމާވެށީގެ ޕްރޮގްރާމު "ވޯ އޮން ވޭސްޓު"، ނައިބު ރައީސް ފައިސަލް ނަސީމް މިއަދު އިފްތިތާހުކޮށްދެއްވައިފިއެވެ.

މިއަދު އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ކެމްޕެއިން އިފްތިތާހުކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ އުރީދޫ އަކީ ރާއްޖޭގެ އިޖުތިމާއީ ކުރިއެރުމަށް ގިނަ ހިދުމަތްތަކެއް ކޮށްދެމުންދާ ކުންފުންޏެއް ކަމަށެވެ.

ރާއްޖޭގެ ކުޅިވަރުގެ ދާއިރާގެ ކުރިއެރުމަށް އުރީދޫ އިން ކުރާ މަސައްކަތްވެސް ނައިބު ރައީސް ފާހަގަ ކުރެއްވިއެވެ. އުރީދޫ އިން މިއަދު ވަނީ ސްމާރޓް ކެމްޕަސް ޑިޖިޓަލް ކްލާސްރޫމެއް ސަރުކާރަށް ހަދިޔާ ކުރަން ނިންމައި އެކަންވެސް އިއުލާނު ކޮށްފައެވެ.

ނައިބު ރައީސް މިއަދު ވަނީ އުރީދޫގެ މުވައްޒަފުންނާ ބައްދަލު ކުރައްވާ މަސައްކަތް ކުރިއަށްދާގޮތްވެސް ބައްލަވާ ލައްވައިފައެވެ.