06 Feb 2019, 17:50
ޕީޕީއެމްގެ ދަފްތަރުން ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ނަން އުނިކޮށްދިނުމަށް އެދި މައުމޫންގެ ފަރާތްޕުޅުން ޕީޕީއެމްގެ ރެޖިސްޓްރާ އަށް ސިޓީއެއް ފޮނުއްވައިފިއެވެ.
ރައީސް މައުމޫނުގެ ސިޓީގައި ވިދާޅުވެފައިވަނީ 16 އޮކްޓޯބަރު 2016 އިން ފެށިގެން މިއަދާ ހަމައަށް ޕިޕީއެމް ހިންގަމުން ގޮސްފައިވަނީ ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ކަމަށެވެ. އޭގެ ތެރެއިން އެއްކަމަކީ ޕާޓީގެ މެންބަރުކަމުން ރައީސް މައުމޫނު ވަކިކުރިކަމަށް ބުނުން ކަމަށްވެސް އެ ސިޓީގައި ވިދާޅުވެފައިވެއެވެ.
In October 2016 PPM made an unlawful decision to expel me. As the party has continued to function in contravention of its Charter , today I have announced that I am quitting the party forthwith.pic.twitter.com/taQAVKTCLa
— Maumoon Abdul Gayoom (@maumoonagayoom)February 6, 2019
ޕީޕީއެމް އިން ރައީސް މައުމޫނު ވަކިކުރިކަމަށްބުނެ، ކަންތައް ކުރިއަށް ގެންގޮސްފައިވަނީ އެކަމަށް ކަނޑައެޅިފައިވާ އިޖުރާއަތްތަކާ ހިލާފަށް ކަމަށާއި އެހެންކަމުން ޕީޕީއެމް އިން ރައީސް މައުމޫން ވަކިކުރިކަމަށް ބުނި ނަމަވެސް އޭރު އެމަނިކުފާނު ޕާޓީގެ މެންބަރުކަމުން ވަކިވެފައިވާ ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށް މައުމޫނުގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.
ޕީޕީއެމް އުފެއްދެވީ ދިވެހި ރައްޔިތުންނަށް ކުރިއެރުމާއި ތަރައްގީ ހޯދައި ދެއްވުމަށް ނަމަވެސް، އެ ޕާޓީ އުފެއްދެވި މަގުސަދުތައް ހާސިލް ވަމުން ނުދާތީ އާއި ޕާޓީގެ އެންމެހާ ކަންތައްތައް ހިނގަމުންދަނީ ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ކަމަށްވާތީ، ޕީޕީއެމްގެ މެންބަރުކަމުން ރައީސް މައުމޫނުގެ ނަން އުނިކޮށްދެއްވުމަށް އެ ސިޓީގައި ވަނީ ދަންނަވައިފައެވެ.
ޕީޕީއެމްގެ މެންބަރުކަމުން ރައީސް މައުމޫނު ވަކިކުރަން ޕާޓީގެ ކައުންސިލުން ފާސްކޮށްފައިވަނީ 2017 ވަނަ އަހަރުގެ މާޗުމަހުއެވެ. ރައީސް މައުމޫނު ޕީޕީއެމް އިން ވަކިވެވަޑައިގަތުމަށް ހުށަހަޅެއްވާފައިވާއިރު އެމަނިކުފާނުގެ އެމްއާރުއެމްގެ ސްލޮޓުތަކުގަިއ ކެބިނެޓުގައި ތިއްބެވި މިނިސްޓަރުންވެސް ވަނީ ޕީޕީއެމް އިން ވަކިވެވަޑައިގަތުމަށް އެދި އިއްޔެ ޕާޓީގެ ރެޖިސްޓްރާ އަށް ސިޓީ ފޮނުއްވައިފައެވެ.
ރީގެ ރައީސް މައުމޫނު ވަނީ އެމްއާރުއެމް ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން ނިންމަވާފައިވާކަންވެސް އިއުލާނު ކުރައްވައިފައެވެ.