06 Feb 2019, 16:36
ބ. އެނބޫދޫ ކައިރޫ އޮންނަ ރަންގަލި ފަރަށް ފީނަން ފޭބި ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ ގެއްލިގެން ހޯދަމުންދަނީ ބ. ތުޅާދޫ ފޮނިލުނބޯގޭ ޔާފިއު ހުސައިން 20، ކަމަށެވެ.
އޭނާގެ ހަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓުގާޑަށް ރިޕޯޓުކޮށްފައި ވަނީ މިއަދު 15:47ގައި ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތުގައި އެންއެންޑީއެފް ނަދަން އޭރިއާ ކޯސްޓުގާޑު ސްކޮޑްރަން ހަރަކާތްތެރިވަމުންދާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
އޭނާ ހޯދުމުގެ މަސައްކަތުގައި ފިނޮޅު ރިސޯޓުގެ ތިން ޑައިވަރަކާއި ކޮކޯ ޕާމް ރިސޯޓުގެ ޑައިވަރަކު ވެސް ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.