ގައުމީ ފެންކުންފުނި އެމްޑަބްލިއުއެސީގެ ޗެއާމަންގެ މަގާމަށް ގ. ޕްލެސެންޓް ވޭވް، އަހުމަދު މައުސޫމް (ޕިރަމިޑް މައުސޫމް) އައްޔަން ކޮށްފި އެވެ.

މައުސޫމް އެމަގާމަށް އައްޔަންކުރިކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ވަނީ ޔަގީންކޮށްދީފަ އެވެ.

"ޕިރަމިޑް" އަހުމަދު މައުސޫމް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ ފިނޭންސް ސެކެޓްރީއެއްގެ މަގާމު ވަނީ ފުރުއްވައިފަ އެވެ. އޭގެ އިތުރުން މައުސޫމްއަކީ ފުލާ ދާއިރާއެއްގައި ވިޔަފާރިކުރައްވަމުންދާ ބޭފުޅެކެވެ.