ދިވެހި ބަހަން ލިޔެފައި ހުންނަ ލިޔުންތަކަށް އަދަބީ ފާޑުކިޔުމާ ބެހޭގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ފޮތެއް ނެރެފިއެވެ.

ދިވެހި ބަހަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްތަކެއް ކޮށްދެއްވި އަލްމަރުހޫމް މުހައްމަދު ވަހީދު ނަދުވީ ލިޔުއްވި" އަދަބީ ފާޑުކިޔުން" ނެރުމަށް ރޭ ވަނީ ހާއްސަ ރަސްމިއްޔާތެއްވެސް ބާއްވައިފައެވެ. އެ ރަސްމިއްޔާތުގައި އެ ފޮތް ނެެރެދެއްވީ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫންއެވެ.

މިއީ ނަދުވީ ގައުމީ މަރުކަޒުގައި މަސައްކަތް ކުރެއްވި އިިރު ފަތްތޫރައަށް ލިޔުއްވި ލިޔުންތައް އެއްކޮށްލައިގެން ނެރެފައިވާ ފޮތެކެވެ.

އެފޮތާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ މީގެ ކުރިން ބަހަށް ފާޑިޔުން ނުވަތަ "ލިޓަރަރީ ކްރިޓިސިޒަމް" އާ ބެހޭގޮތުން ދިވެހިބަހުން ފޮތެއް ލިޔެފައި ނުވާ ކަމަށެވެ.

"މީގެ ކުރިން ނެތް ދިވެހި ބަހުން ލިޔެފައި ހުންނަ ލިޔުންތަކަށް އަދަބީ ގޮތުން ފާޑުކިޔާކަށް. ނަމަވެސް މިފޮތުގައި ހުންނާނެ އެ ކަންތައްތައް." އަޝްރަފް ވިދާޅުވިއެވެ.

ނަދުވީ އަވަހާރަވީ މިދިޔަ ޑިސެމްބަރުމަހުގެ 28 ވަނަ ދުވަހުއެވެ. ރޭގެ ރަސްމިއްޔާތުގައި އޭނާއަށް ހެޔޮ އެދޭ ފަރާތްތަކާއި އަދި ދަރިވަރުންނާއި އަދި އޭނާގެ ދަރިކަލުންނާއި ދަރިކަނބަލުންވެސް ބައިވެރިވިއެވެ. އަދި އޭނާ އަވަހާރަވުމާ ގުޅިގެން ހުޅުވީ ތައުޒިޔާގެ ދަފުތަރުވެސް ރޭ ވަނީ އާއިލާއާ ހަވާލުކޮށްފައެވެ.

ނަދުވީ ވަނީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ދިވެހި ބަހުގެ ޑިގްރީ ކޯހަށް ވެސް ކިޔަވައިދެއްވައިފައެވެ.