ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނެރަލްގެ މަގާމުން އަހުމަދު ސަމީރު އިސްތިއުފާ ދެއްވައިފި އެވެ.

ޖޭޕީގެ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހު ވިދާޅުވީ ރައީސް އޮފީހުގެ މިނިސްޓަރުކަން ކުރައްވާ ސަމީރު ޕާޓީގެ އެސްޖީގެ މަގާމުން ސަމީރު އިސްތިއުފާދެއްވީ ދައުލަތުގެ މުހިއްމު މަސައްކަތްތައް ކުރައްވަން ޖެހޭތީ އާއި ދުވަހުން ދުވަހަށް ޕާޓީ ހިންގެވުމުގައި އަމަލީގޮތުން ބައިވެރިވުމަށް ދަތިވާތީ ކަމަށެވެ.

"އެސްޖީ ސަމީރުގެ މަސައްކަތަށް ޕާޓީގެ ލީޑަޝިޕާއި ލީޑަރު އަދި އެންމެހާ މެންބަރުން ޝުކުރު އަދާކުރައްވައި އަދި ކުރިއަށް އޮތް ތަނުގަައި ވެސް ޖޭޕީއަށް ސަމީރުގެ ހިދުމަތް ލިބޭނެކަން ޔަގީންކުރައްވާ ކަމަށް ވިދާޅުވި،" ސަމީރާ ހަވާލާދީ އަލީ ސޯލިހު ވިދާޅުވި އެވެ.

ސަމީރުގެ ބަދަލުގައި ޖޭޕީގެ އެސްޖީއަކަށް މިހާރު ހަމަޖައްސާފައި ވަނީ ހެލްތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ހުސެއިން ރަޝީދެވެ. އޭނާ ޖޭޕީއާ ގުޅިވަޑައިގަތީ މިދިޔަ އަހަރުގެ ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށްފަހުގަ އެވެ.

އޭނާ އެސްޖީއަކަށް ހަމަޖެއްސި އިރު ޑެޕިއުޓީ އެސްޖީއަކަށް މޫސާ މުޝްތާގު ވަނީ އައްޔަންކުރައްވައިފަ އެވެ.