06 Feb 2019, 11:35
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި މިއަދު 80 ބިދޭސީން އިމިގްރޭޝަނުގެ ޑިޓެންޝަނަށް ގެންގޮސްފި އެވެ.
އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނުގައި 80 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔައީ، މަޖީދީމަގު ޒިކުރާ މިސްކިތް ހިމެނޭ ސަރަހައްދުންނެވެ.
އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ފަށާފައިވާ އޮޕަރޭޝަނުގެ ތެރެއިން މިއަދު އަތުލައިގަތް ފަރާތްތަކުން ރާއްޖޭގައި އުޅެނީ ގަވާއިދާ އެއްގޮތަށްތޯ ބަލައި ޗެކް ކުރުމަށް ފަހު އޭގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ޑީޕޯޓް ކުރާނެ ކަމަށެވެ.
The first operation of the year to detect the undocumented expatriates was held in Malè today. The immigration status of expatriates were checked on site, and 80 were brought for further screening.pic.twitter.com/13Ot1EQIZJ
— Maldives Immigration (@ImmigrationMV)February 6, 2019
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ފަށާފައިވާ އޮޕަރޭޝަން މާލޭގެ އިތުރުން އައްޑޫ ސިޓީގައި ވެސް ކުރިއަށް ގެންދާނެ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.
ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އަދަދު 200،000 އަށް އަރާނެ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ. އޭގެ ތެރޭގައި ގަވައިދާ ހިލާފަށް އުޅޭ ގިނަ އަދަދެއްގެ ބިދޭސީން ވެސް ހިމެނެ އެވެ.