ޗައިނާ އަށާއި ޗައިނާގެ ރައްޔިތުންނަށް ކުރިއެރުމާއި ސުލްހައާއި ހަމަޖެހުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގެންފައި އެވެ.

ރައީސް ސޯލިހް އެގޮތަށް އެދިވަޑައިގެންފައި ވަނީ ޗައިނާގެ އާ އަހަރުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް ޝީ ޖިންޕިން އަށާއި ޕްރިމިއާ ލީ ކަޗަން އަށް ފޮނުވި ތަނިޔާގެ މެސެޖެއް ގައެވެ.

ދެ ބޭފުޅުންނަށް ތަހުނިޔާ ދަންވާ ރައީސް ސޯލިހް ފޮނުވި މެސްޖްގައި އެ މި އުފާވެރި މުނާސަބަތުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ޗައިނާ ސަރުކާރަށާއި ޗައިނާގެ އެކުވެރި އެންމެހައި ރައްޔިތުންނަށް ވަރަށް ހޫނު މަރުހަބާއެއް ވަނީ ދަންނަވާފައެވެ.

ނިމިދިޔަ ސަރުކާރުގައި ޗައިނާ އިންވަނީ އެކި ރޮގުރޮގުން ރާއްޖެ އަށް އެހީތެރެވެދީ، ބޮޑެތި ލޯނުގެ އެހީ ތަކެއްވެސް ވެދީފައެވެ.