05 Feb 2019, 16:46
އިދިކޮޅު ކޯލިޝަން، ޕީޕީއެމްއާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން ބާއްވާ ރައްޔިތުން މަޖިލިސް އިންތިހާބުގެ ޕްރައިމަރީ، ނުވަ ދާއިރާ އެއްގައި ބޭއްވުމަށް ނިންމައިފި އެވެ.
ދެ ޕާޓީގެ މެމްބަރުންނަވެސް ވޯޓުލެވޭ މި ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު އެވެ.
ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވާ ނުވަ ދާއިރާ:
މަކުނުދޫ ދާއިރާ
- ނޮޅިވަރަމް ދާއިރާ
- އަލިފުށި ދާއިރާ
- ތުލުސްދޫ ދާއިރާ
- ފެލިދޫ ދާއިރާ
- ކެޔޮދޫ ދާއިރާ
- މުލަކު ދާއިރާ
- ކިނބިދޫ ދާއިރާ
- ފުވައްމުލައް އުތުރު ދާއިރާ
"ޕްރޮގްރެސިވް ކޮންގްރެސް" ކޯލިޝަންގެ މައި ޕާޓީ، ޕީޕީއެމްގެ ސެކްޓްރީ ޖެނެރަލް އަބްދުލް މަތީން މުހައްމަދު "ސަން" އަށް ވިދާޅުވީ، ކޯލިޝަން ޕްރައިމަރީގައި ނުވަ ދައިރާ އަށް 28 ބޭފުޅުން ވާދަކުރައްވާ ކަމަށެވެ.
އަދި ވޯޓުލުން ކުރިއަށް ދާނީ ހުކުރު ދުވަހު މާލޭގައި އެޕާޓީ އޮފީހުގައި ކަމަށާއި އޭގެ އިތުރުން ވޯޓުލުން ކުރިއަށް ދަނީ ނުވަ ދާއިރާގެ ރަށްތަކުގައި ކަމަށް މަތީން ވިދާޅުވިއެވެ.
ނުވަ ދާއިރާގެ ޕްރައިމަރީގައި ވޯޓު ދިނުމުގެ ހައްގު ލިބިގެން ވަނީ ދެ ޕާޓީގެ 6198 މެމްބަރުންނަށެވެ.
ޕްރައިމަރީ އަކާ ނުލާ މިހާތަނަށް 63 ބޭފުޅަކަށް އެ ކޯލިޝަންގެ ޓިކެޓް ވަނީ ދީފައެވެ.
އެޕްރީލް ހަ ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިޙާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފައި ވަނީ މިމަހު 21 ވަހަ ދުވަހުގެ ނިޔަލަށެވެ.