05 Feb 2019, 13:55
ބަންދުގައި ހުރި މީހަކަށް ފުލުހުން އަނިޔާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބަލަމުން ދަނީ މިދިޔަ ހަފްތާ އަންގާރަ ދުވަހު އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި މީހަކަށް ފުލުހުން އަނިޔާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެކެވެ.
ފުލުހުން ބުނީ އެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.