05 Feb 2019, 11:53
ކޮންޓްރޯލުން ނެއްޓި، މާލޭ ކެފޭއެއް ތެރެއަށް މިއަދު ހެދުނު ސައިކަލެއް ވަދެއްޖެ އެވެ.
ސައިކަލު ކޮންޓްރޯލުން ނެއްޓި، ވަދެފައިވަނީ، މާލޭ ބަނަފްސާ މަގު، މޫން ކެފޭ ހޮޓެލް ތެރެޔަށެވެ. ފުލުހުންނަށް މިހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 9:30 ހާއިރު އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ސައިކަލު މޫން ކެފޭ ހޮޓެލް ތެރެއަށް ވަދެފައިވަނީ، ސައިކަލް ސްޓާޓްކޮށް ދުއްވާލަން އުޅުމުގެ ތެރޭގައި ކަމަށެވެ.
މިހާދިސާގައި ސައިކަލު ދުއްވަން އިން 44 އަހަރުގެ މީހާ އަށް ސީރިޔަސް ގެއްލުމެއް ނުލިބޭ ކަމަށް ފުލުހުން މައުލޫމަތު ދެއެވެ. ނަމަވެސް އެ ހޮޓެލްގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސްފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.