04 Feb 2019, 15:04
އާބާދީ މަދު ސްކޫލުތަކުގައި އެކި ގްރޭޑްތައް އެެއްކޮށްލައިގެން ކިޔަވައިދެމުންގެން ދިޔަ "މަލްޓިގްރޭޑް" އުސޫލަށް އެޑިއުކޭޝަން މިނިސްޓްރީން ބަދަލުގެނެސްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީ އިން ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ މި އަހަރު މަލްޓި ގްރޭޑަށް ކިޔަވައިދިނުމަށް ހަމަޖެހިފައި ވަނީ އެއް ކީ ސްޓޭޖެއްގައި ހިމެނޭ ދެ ގްރޭޑެއްގެ ކިޔަވަމުންދާ ދަރިވަރުންތައް އެއްކޮށްލައިގެން ކަމަށެވެ. އަދި ދެ ގްރޭޑް އެއްކޮށްލެވޭނެ އުސޫލުތައް ވެސް އެ ސާކިއުލާގައި ބަޔާންކޮށްފައިވެ އެވެ.
އެގޮތުން ދެ ގްރޭޑެއްގައި ވެސް ކިޔަވާ ދަރިވަރުންގެ އަދަދު ފަހަކަށް ވުރެ ދަށްވުން ނުވަތަ ދެ ގްރޭޑެއްގައި ވެސް ކިޔަވާ ޖުމްލަ އަދަދު 10 އަކަށް ވުރެ ދަށްވާ ނަމަ މަލްޓި ގްރޭޑަށް ކިޔަވައިދެވޭނެ ކަަމަށް އެ އުސޫލުގައި ބަޔާންކޮށްފައިވެ އެވެ. އަދި އެގޮތުން އެއްކުރެވޭނީ ވެސް އެއް ކީ ސްޓޭޖެއްގައި އެއް ދެ ގްރޭޑެއްގެ ދަރިވަރުން ކަމަށް ވެސް ސާކިއުލާގައި ބުނެފައިވެ އެވެ.
"މިބަދަލާ ގުޅިގެން ތިޔަ ސްކޫލަށް ދަތިތަކެއް ނުވަތަ ކަންބޮޑުވުމެއްވާ ނަމަ. މިދެންނެވި ބަދަލު ގެނައުމުގެ ކުރިން އެ ކަމެއް މި ޑިވިޝަނާ މަޝްވަރާ ކުރުމަށް ފަހު އެކަމުގެ ހައްލު ހޯއްދަވައިގެން ބަދަލުގެންނެވުމަށް ވެސް ދެންނެވީމެވެ،" އެ ސާކިއުލާގައި ބުނެފައިވެ އެެވެ.
އެޑިއުކޭޝަން މިނިސްޓްރީ މަލްޓި ގްރޭޑްއަށް ކިޔަވައިދިނުމުގެ އުސޫލު ތައާރަފްކުރީ 2017 ވަަނަ އަހަރު އެވެ. އެ އުސޫލުގެ ދަށުން ކިޔަވައިދެމުންދިޔައީ ގްރޭޑެއްގައި 20 ދަރިވަރުން ހަމަ ނުވާނަމަ އެވެ.
މަލްޓް ގްރޭޑުގެ އުސޫލަށް ބަދަލުގެނައީ އެ އުސޫލާ މެދު ދެ ރަށެއްގެ ބެލެނިވެރިން ނުކުމެ އިހުތިޖާޖުކޮށްފައި ވަނި ކޮށެވެ. އެގޮތުން ބ. ކިހާދޫ އަދި އދ. ހަންޏާމީދޫގައި ބެލެނިވެރިން އެކަމާ ދެކޮޅަށް ވަނީ މިދިޔަ މަހު މުޒާހަރާކޮށްފަ އެވެ.