04 Feb 2019, 13:05
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޓެކްނޮލޮޖީ ފެއާ "މޯލްޑިވްސް އައިސީޓީ އެކްސްޕޯ އެންޑް ކޮންސިއުމާ އިލެކްޓްރޯނިކްސް ފެއާ" އިފްތިތާހުކޮށްފި އެވެ.
ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ފެއާ ލޯންޗުކޮށްދެއްވީ ނާއިބު ރައީސް ފައިސަލް ނަސީމް އެވެ.
މިއީީ ލިކަމެކް ޕްރައިވެޓް ލިމިޓެޑް އިން އިންތިޒާމްކޮށްގެން ޖޫން މަސް ތެރޭގައި ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ފެއާއެކެވެ. އެ ފެއާއަކީ ޓެކްނޮލޮޖީ މިނިސްޓްރީން އެންޑޯޒްކޮށްގެން ބާއްވާ ފެއާއެއް ވެސްމެ އެވެ.
"މޯލްޑިވްސް އައިސީޓީ އެކްސްޕޯ އެންޑް ކޮންސިއުމާ އިލެކްޓްރޯނިކްސް ފެއާ" އިފްތިތާހްކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: ފަޔާޒު މޫސާ
ލިކަމެކް އިން ބުނީ އެ ފެއާގައި ރާއްޖޭގެ ބޮޑެތި ހުރިހާ ކުންފުނިތަކުން ލިބެން ހުރި އެންމެ ޒަމާނީ ވަސީލަތްތައް ދައްކާލައި އަދި އެ ވަސީލަތްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބެގެންދާނެ ކަމަށެވެ.
އޭގެ އިތުރުން އެ ފެއާގައި މިނިސްޓްރީ އަދި ކުންފުނިތަކުގެ އިތުރުން ގެސްޓް ހައުސް އަދި ހޮޓެލްތަކުގެ އައިޓީ ބޭފުޅުންނާއި އޯނަރުން ބައިވެރިކޮށްގެން ބޭއްވޭ ވަރަށް ހާއްސަ އެއް ދުވަހުގެ ސިންޕޯސިއަމްއެއް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
"މޯލްޑިވްސް އައިސީޓީ އެކްސްޕޯ އެންޑް ކޮންސިއުމާ އިލެކްޓްރޯނިކްސް ފެއާ " އިފްތިތާހްކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: ފަޔާޒު މޫސާ
އެ ފެއާގައި އިލެކްޓްރޯނިކްސް އާއި ގުޅުން ހުރި ހުރިހާ ސާމާނެއް ހެޔޮ އަގުތަކެއްގައި އާންމުންނަށް ގަތުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ލިކަމެކްއިން ބުންޏެވެ.
ލެކަމެކް އިން ބުނީ އެ ފެއާ ތިން ދުވަހަށް ކުރިއަށް ދާނެ ކަމަށާއި އަދި އެފެއާގައި އާންމުންގެ ސުވާލާއި ޖަވާނުގެ ސެޝަންތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.