ތެހެރާން (އޮކްޓޯބަރ 9) : ޕައިލެޓަކާނުލާ ދަތުރުކުރާ ދަތުރުކުރާ މަތިންދާބޯޓުތައް މިހާރަށްވުރެ ބޮޑަށްދަނެގަނެ އެބޯޓުތައް ރަނގަނޅަށް އަރާބާވަތުގެ ސޮފިސްޓިކޭޓެޑް ރާޑަރު ސިސްޓަމްތަކެއް ތަރައްޤީކޮށްފިކަން އީރާނުން ހާމަކޮށްފިއެވެ. އީރާނުގެ މިލިޓަރީ އިންޑަސްޓްރީގެ އިސްބޭފުޅެއް ކަމަށްވާ ފަރްޒާދު އިސްމާޢީލީ އާ ޙަވާލާދީ އެޤައުމުގެ "އިރްނާ" ނޫސްއެޖެންސީ ބުނިގޮތުގައި މިރާޑަރު ސިސްޓަމްތައް އުފައްދާފައިވަނީ ކުރީގެ ރާޑަރު ސިސްޓަމްތައް އަސްލަކަށް ބަލައިގެން ޒަމާނީޓެކްނޮލޮޖީގެ އެހެން ވަސީލަތްތައް ބޭނުންކޮށްގެން ރާޑަރ ޓެކްނޮލޮޖީ އިތުރަށް ތަރައްޤީ ކޮށްގެންނެވެ. އަލަށް ތަރައްޤީކުރި ރާޑަރު ތަކަށް ބޭނުންކޮށްގެން، ޕައިލެޓަކާނުލާ ދަތުރުކުރާ ޢަސްކަރީ އަދި ޖާސޫސީ މަތިންދާބޯޓުތައް ވަރަށް ފަސޭހައިން ވައްޓާލެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އީރާނުން މިދިޔަ ޖުލައިމަހުވަނީ ކްރޫޒް މިސައިލާއި ބެލަސްޓިކް މިސައިލާ އަދި ދުނިގޭގެ ވަށައިގެންވާ ތިރި އޯބިޓްތަކުގައި ދަތުރުކުރާ ސެޓަލައިޓްޓައް ވައްޓާލަން ބޭނުންވެއްޖެ ޙާލަތެއްގައި އެތަކެތި ފަސޭހައިން އަރާބާވަތުގެ ސޮފިސްޓިކޭޓެޑް ރާޑަރ ސިސްޓަމެއްވެސް ތަރައްޤީކޮށްފައެވެ. ބިމުގެ ސަތްޙުން ފެށިގެން 300 ކިލޯމީޓަރު އުހުގައިވާ 1100 ރޭޑިއަސް ގެ ވަށަމިނުގެ ސަރަޙައްދެއް އެރާޑަރުން ކަވަރ ކުރާކަމަށްވެސް އީރާން ބުނެފައިވެއެވެ.

މިއީ އިލެކްޓްރޯނިކް ހަނގުރާމައިގެ ޒަމާން ކަމަށްވާތީ ހަތިޔާރު ތަރައްޤީކުރާ ޤައުމުތަކުން އެންމެ އިސްކަންދޭ އެއްކަމަކީ ހަނގުރާމައިގާ ދުޝްމަނުން ބޭނުންކުރާ ސެޓަލައިޓްތައް ވައްޓާލުމުގެ ޤާބިލްކަން ހޯދުމެވެ. މިފަދަ ޤާބިލްކަން ހޯދުމުގެ ބޭނުމަކީ "ލޯކަނު" ފަރާތަކަށް ދުޝްމަނުން ހަދާލުން ކަމަށް ތަޖްރިބާކާރުން ދެކެއެވެ. (އަލްޢާލަމް)