04 Feb 2019, 00:58
މޯލްޑިވިއަންގެ ފްލައިޓުތައް ޝެޑިއުލާ އެއްގޮތަށް އޮންނާނެ ކަމަށް އެ އެއާލައިންއިން ބުނެފިއެވެ.
މިރޭ އެ އެއާލައިން އިން ކުރި ޓުވީޓެއްގައި ބުނީ އެ އެއާލައިންގެ ފްލައިޓުތަކުގެ ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާނެ ކަމަށާއި އަދި ބުރުލެއް ނާރާނެ ކަަމަށެވެ.
ފްލައިޓުތަކުގެ ޝެޑިއުލްއަށް ބުރޫނާރޭނެ ކަމަށް އެ އެއާލައިންއިން ބުނިއިރު ގިނަ ޕައިލެޓުންތަކެއް މާދަމާ އިން ފެށިގެން ޑިއުޓީއަށް ނުނިކުންނަން ނިންމައިފައިވާ ކަމަށް ވަނީ ބުނެފައެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް "ސަން"އާ ވާހަކަ ދެއްކި ޕައިލެޓަކު ބުނީ އައިލެންޑް އޭވިއޭޝަންގެ ޑިރެކްޓަރު އޮފް ޕައިލެޓް އޮޕަރޭޝަންގެ މަގާމުގައި ހުންނެވި މުހައްމަދު އަމީންއާ ގުޅޭ ގިނަ މައްސަލަތަކެއް މީގެ ކުރިން ހުށަހަޅާފައިވީ ނަމަވެސް، އެ މައްސަލަތަކަށް ހައްލެއް ލިބިފައިނުވާ ކަމަށެވެ. އެހެންކަމުން އޭނާ އިސްތިއުފާ ދެއްވަންދެން ނުވަތަ މަގާމުން ވަކިކުރަންދެން މާދަމާ އިން ފެށިގެން ޑިއުޓީއަށް ނުނިކުމެ އިހްތިޖާޖު ކުރަން ނިންމާފައިވާ ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ މިރޭ ވެސް އިހްތިޖާޖު ކުރިއަށްގެން ދިޔަ ކަމަށާއި އެކަމުގައި ބައިވެރިވަނީ ހަމައެކަނި ދިވެހި ޕައިލެޓުން ކަމަށެވެ.
އެކަމުގެ ސަބަބުން މޯލްޑިވިއަންގެ ފްލައިޓު ޝެޑިއުލްތަކަށް ވެސް ބަދަލުތަކެއް ގެންނަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.