މާލެއިން ރ. އަތޮޅު އަލިފުއްޓަށް ދަތުރުކުރަމުންދިޔަ ''މެހުމާނީ ބޯޓް'' ބ. ހިބަޅިދޫ ފަރަށް ރޭ އަރައިފި އެވެ.
އެ ބޯޓް ފަރަށް އެރީ، ރޭ ފަތިހު ގާތްގަނޑަކަށް 4:00 ހާކަންހާއިރުކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާގައި ބޯޓުން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއް އަދި ގެއްލުމެއް ލިބިފައި ނުވާކަމަށް ފުލުހުން ބުންޏެވެ.

ބޯޓުން ދަތުރުކުރި ހުރިހާ ފަސިންޖަރުން އޭދަފުއްޓަށާއި މާޅޮހަށް ގެންގޮސްފައިވާ ކަމަށް ސަން އަށް އެނގިފަ އެވެ.
ފުލުހުންނާއި ސޮނޭވާފުށި އަދި ފޯސީޒަން ލަނޑާގިރާވަރު ރިސޯޓުގެ މުވައްޒަފުންގެ އެހީއާ އެކު އެ ބޯޓް މިހާރުވަނީ ފުންކޮށްފަ އެވެ. އަދި އެބޯޓް ތުޅާދޫ އަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެ އެވެ.