ފިއުލް ސަޕްލައި މޯލްޑިވްސްގެ އެމްޑީއަކަށް ގދ. ތިނަދޫ ސަނީ ޑޭލް މުހައްމަދު ގަސަމް އައްޔަނުކުރައްވައިފިއެވެ.

ގަސަމް ވަނީ ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ތިނަދޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވައިފައެވެ.

އެސްޓީއޯއިން ބުނީ އޭނާ އެ މަގާމަށް ރަސްމީ ގޮތުން ހަވާލުވެލައްވާނީ މާދަމާއިން ފެށިގެން ކަމަށެވެ.

އެމްޑީގެ މަގާމަށް ގަސަމް އައްޔަނުކުރީ ކުރިން އެމަގާމުގައި ހުންނެވި ހުސެއިން ދީދީ މަގާމުން ވަކިކުރުމަށްފައެވެ. އޭނާ މަގާމުން ވަކިކުރީ ފިއުލް ސަޕްލައިގެ ބޯޑުން ކުންފުނިތަކަށް ކްރެޑިޓަށް ތެޔޮ ދޫނުކުރަން އަންގާފައި ވަނިކޮށް 41 މިލިއަން ރުފިޔާ ދޫކުރި މައްސަލައިގައެވެ. ހުސެއިންގެ މައްސަލަ އޭސީސީއޭއަށްވެސް ފަހުން ވަނީ ފޮނުވައިފަައެވެ.