03 Feb 2019, 09:26
ސައުދީ އަރަބިއާގެ އެންމެ ބޮޑު ފަތުރުވެރިކަމުގެ ފެއާގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.
އަންނަ މަހު 20 އިން 22 އަށް ސައުދީގެ ރިޔާޒުގައި ބާއްވާ މި ފެއާގައި ރާއްޖެ ތަމްސީލްކުރާނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އިޕަރޭޓާސް (މަޓާޓޯ)ގެ ފަރާތުންނެވެ. މިއީ މަޓާޓޯ އިން މި ފެއާގައި ބައިވެރިވާ ހަތަރު ވަނަ އަހަރެވެ.
ރިޔާޒް ފެއާ އަކީ ގަލްފްގެ ގައުމުތަކާއި އަރަބިގައުމުތަކުގެ ޓްރެވަލް އެންޑް ޓޫރިޒަމް ކުންފުނިތައް އެއްތަނަކަށް އެއްވެ، ފަތުރުވެރިކަން ޕްރޮމޯޓު ކުރާ އިވެންޓެކެވެ. މިއީ ދުނިޔެއަށް އަރަބި ގައުމުތަކުގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓުތައް ދައްކާލުމަށް ވެސް މުހިއްމު ފެއާއެކެވެ.
އަރަބި އަދި އަލްފުގެ ގައުމުތަކަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ވެސް މުހިއްމު މާކެޓެކެވެ. މިދިޔަ 2017 ވަނަ އަހަރު މެދުއިރުމަތިން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1،389،54215،700 އަށް އަރަ އެވެ.
މަޓާޓޯ އިން ދަނީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ދުނިޔޭގައި ބާއްވާ ފަތުރުވެރިކަމުގެ ގިނަ ފެއާތަކެއްގައި ބައިވެރިވަމުންނެވެ.