ސްރީލަންކާގެ ބަންޑާރަޔައިކަ އިންޓަނޭޝަނަލް އެއާޕޯޓުގައި ގަވައިދާ ހިލާފަށް ޑްރޯން އެރުވި ހަތަރު ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

ސްރީލަނކާގެ ހަބަރުތައް ބުނާ ގޮތުން ހައްޔަރުކޮށްފައި ވަނީ އުމުރުން 19 އަހަރާއި 23 އަހަރާ ދެމެދުގެ ހަތަރު މީހުންނެވެ. މީގެ ތެރޭގައި އަންހެނަކު ވެސް ހިމެނޭ ކަމަށް ހަބަރުތައް ބުނެ އެވެ.

މި މީހުން ހައްޔަރުކޮށްފައި ވަނީ އެއާޕޯޓުގެ ހައި ސެކިއުރިޓީ ޒޯންގައި ޑްރޯނު އަރުވައިގެންނެވެ. މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރާނެ އެވެ.

ލަންކާގެ ގާނޫނުތައް ބުނާ ގޮތުން އެއްވެސް އެއާޕޯޓަކާ އަށް ކިލޯ މީޓަރު ކައިރިއަށް ޑްރޯން އެއް ނޭރުވޭނެ އެވެ.