މިދިޔަ ހަފްތާ ހުކުރު ދުވަހު މަހަށް ފުރި ދޯނީގެ ހަބަރެއް ނުވެގެން އެމްއެންޑީއެފް އިން ހޯދަމުން ދަނިކޮށް އެ ދޯނީގެ ހަބަރެއްވެއްޖެއެެވެ.

ހއ. ފިއްލަދޫ އިން މަހަށް ފުރި "ޔުނިޓީ' ނަމަކަށް ކިޔާ ދޯނީގެ ހަބަރެއް ނުވެގެން އެމްއެންޑީއެފް އަށް ރިޕޯޓުކޮށްފައި ވަނީ އިއްޔެ މެންދުރު 14:10 ހާއިރުއެވެ.

އެމްއެންޑީއެފް އިން ބުނީ މިއަދު ހަވީރު 17:22 ހާއިރު އެދޯނީގެ ހަބަރެއްވެއްޖެ ކަމަށާއި ހއ. ކެލާގެ އުތުރުން 30 ނޯޓިކަލް ބޭރުން މަސްވެރިކަން ކުރުމަށް ފަހު މާލެއަށް މިހާރު ދަތުރު ކުރަމުންދާ ކަމަށެވެ.

އެމްއެންޑީއެފް މީގެ ކުރިން ބުނެފައިވަނީ އެ ދޯނީގެ ހަބަރެއް ނުވާތީ ރިޕޯޓު ކޮށްފައިވާނީ މިދިޔަ އަންގާރަ ދުވަހު ހއ. ކެލަޔާއި ދިމާލު ބޭރުގައި މަސްވެރިކަން ކުރުމުގައި އުޅުމަށްފަހު އޭގެ ފަހުން އެދޯނީގެ ހަބަރެއް ނުވާތީ ކަމަށެވެ.

ހަތަރު ދުވަހަށް ފަހު ޔުނިޓީ ދޯނީގެ ހަބަރެއްވެފައިވާ އިރު، މިދިޔަ ހަފްތާގައިވެސް ވަނީ އެފަދަ ހާދިސާއެއް ހިނގާފައެވެ.

މަހަށް ފުރިފަހުން ޚަބަރެއް ނުވާތާ ހަފްތާއެއްހާ ދުވަސްވި "ޖަންބޯ" ދޯނިވެސް ހަބަރެއް ނުގެން ހޯދަމުން ދަނިކޮށް މިދިޔަ ހޯމަ ދުވަހު ފެނިވާއިރު އެ ދޯނިވެސް ދިޔައީ މަސްވެރިކަން ކުރަމުންނެވެ.