ބޮލީވުޑްގެ ކާމިޔާބު ޕްރޮޑިއުސަރު އެކްތާ ކަޕޫރަށް ސަރޮގެސީ މަދާއެއް (އެއްބަސްވުމެއްގެ ދަށުން ބަލިވެ އިންނަ އަންހެނަކު) މެދުވެރިކޮށް ލިބުނު ފިރިހެން ކުއްޖާއަށް ރަވީ ކަޕޫރު ކިޔައިފި އެވެ.

އެކްތާ ކުރި ޓުވީޓުގައި އެކަން ކަށަވަރުކޮށްދީފައިވާ އިރު ދަރިއަކު ލިބުމުން އޭނާ ބުނީ ދަރިއަކު ލިބުމުން ކުރެވެނީ ތަފާތު އުފާވެރި އިހްސާސެއް ކަމަށާއި އޭނާގެ އިތުރުން އާއިލާ އަށް ވެސް ބޮޑު އުފަލެއް ލިބިފައިވާ ކަމަށެވެ.

ރަވީ އަކީ އެކްތާގެ ބައްޕަ އަދި ކުރީގެ މަޝްހޫރު އެކްޓަރު ޖީތެންދުރާގެ އަސްލު ނަމެވެ.

މިއީ އެކްތާގެ ފުރަތަމަ ދަރިފުޅެވެ. އޭނާ އަދި ކައިވެންޏެއްކޮށްފައެއް ނުވެއެވެ.

އެކްތާ ބޭބެ ތުޝްހާރު ވެސް ވަނީ ސަރޮގެސީ މެދުވެރިކޮށް ކުއްޖަކު ހޯދައިފަ އެވެ.