ބްރިޓިޝްގެ ތަރި އަދި މޮޑެލް އެމީ ޖެކްސަންގެ 26، ކައިވެނި އަންނަ އަހަރު ކުރާނެކަމަށް ބޭރުގެ ހަބަރުތައް ބުނެފި އެވެ.

އެމީ ކައިވެނިކުރާނީ އޭނާގެ ލޯބިވެރިޔާ ޖޯޖު ޕަނައްޔޯތާ 30، އެވެ. އެ ދެމީހުން ވަނީ އާ އަހަރު ދުވަހ އެންގޭޖްވެސް ވެފަ އެވެ.

ކައިވެނި އަންނަ އަހަރުކުރާނެ ކަމަށް އިއުލާންކުރި ނަމަވެސް ކައިވެނިކުރާނެ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ބައެއް ރިިޕޯޓުތައް ބުނާގޮތުގައި އެމީގެ ކައިވެނި ހަފްލާ ބާއްވާނީ ގްރީކް ސްޓައިލަށެވެ.

އެމީ އާއި ޖޯޖު ލޯބީގެ ގޮތުން ގުޅިފައި ވަނީ 2015 ގަ އެވެ.

އެމީ އެންމެ ފަހުން ފެނިގެންގޮސްފައި ވަނީ އަކްޝޭ ކުމާރުގެ 2.0 އިންނެވެ.