ޕްލާސްޓިކާ ދުރުވެ، ހޭލުންތެރިކުރުވުމަށް ހިންގާ ކެމްޕޭން "ޒީރޯ ޕްލާސްޓިކް" ކެމްޕެއިންގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެ، ދުވެވަޑައިގެންފި އެވެ.

އިންސައިޓް ކޮންސަލްޓެންސީ ސާވިސް އިން އިންތިޒާމުކޮށްގެން މިއަދު ހެނދުނު ހުޅުމާލޭގައި ބޭއްވި ދުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރަށް އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަހުމަދާއި ނާއިބު ރައީސް ފައިސަލް ނަސީމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ބައިވެރިވެވަޑައިގަތެވެ.

ރައީސް ސޯލިހު، (މ) ނާއިބު ރައީސް ފައިސަލް، މަޖިލީހުގެ ރައީސް ގާސިމް -- ސަން ފޮޓޯ/ ސަޔާހު

އެ ދުވުމުގެ ހަރަކާތުގައި ގިނަ އަދަދެއްގެ އާންމުން ވެސް ވަނީ ބައިވެރިވެ ދުވެފަ އެވެ.

އެއީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތަކާ މެދު ހޭލުންތެރި ކުރުވުމުގެ މަގުޞަދުގައި ބޭއްވި ދުވުމެކެވެ.

"ޒީރޯ ޕްލާސްޓިކް"ގެ މީޑިއާ ޕާޓްނަރަކީ ސަން މީޑިއާ ގްރޫޕެވެ.

ޒީރޯ ޕްލާސްޓިކް ދުވުމުގައި ބައިވެރިވި ބަޔަކު ޕްލާސްޓިކް ނަގައި ސާފުކުރަނީ -- ސަން ފޮޓޯ/ ސަޔާހު