އައްޑޫ ސިޓީގައި މިރޭ ހިނގި ސައިކަލް އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.

އައްޑޫ ސީޓީގައި ހުންނަ ހިތަދޫ ރީޖިނަލް ހޮސްޕިޓަލްގެ މީޑީއާ ކޯޑިނޭޓަރު އަލީ މޫސާ "ސަން" އަށް ވިދާޅުވީ އެކްސިޑެންޓްވެގެން ދެ ބިދޭސީއަކާއި ދެ ދިވެއްސަކު މިރޭ 06:40 އެހައިކަންހާއިރު ގެނައި ކަމަށެވެ.

އެ މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެއެވެ. އަދި އެ މީހުންނަށް ލިބިފައިވާ ގެއްލުން ބެލުމަށް މިހާރު އެކްސްރޭ ނަގަމުންދާ ކަމަށްވެސް އަލީ މޫސާ ވިދާޅުވިއެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ އެކްސިޑެންޓްއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ރިޕޯޓްކޮށްފައިވަނީ މިރޭ 06:15 ކަންހާއިރު ކަމަށެވެ. އަދި އެ ހާދިސާ ހިނގީ އައްޑޫ ހިތަދޫގެ ސްޓޭޓް ބޭންކް އޮފް އިންޑިއާ ކައިރީގައި ކަމަށް ފުލުހުން ބުންޏެވެ.