31 Jan 2019, 19:58
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަދި ރެޖިސްޓްރީ ނުކޮށްނުދޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަމްޖަދު މުސްތަފާ "ސަން"އަށް ވިދާޅުވީ، ޕީއެންސީ ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދިނުމަށް މިރޭ 9:00 ގައި ކޮމިޝަންގެ ބައްދަލުވުމެއް އޮންނާނެ ކަމަށާއި މިހާރު ވަނީ ހުއްދަ ދީފައި ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށެވެ.
އަމްޖަދު ވިދާޅުވީ ކޮމިޝަންގެ ބައްދަލުވުމަށްފަހު ޕީއެންސީ ރަޖިސްޓްރީކޮށްދިނުމަށް މިރޭ 10:00 ގައި އެ ކޮމިޝަނުގައި ރަސްމިއްޔާތެއް އޮންނާނެ ކަމަށެވެ.
"އެ ރަސްމިއްޔާތުގައި އެކަން ކުރިއަށްދާނީ،" އަމްޖަދު ވިދާޅުވިއެވެ.
އޭނާ އެހެން ވިދާޅުވެފައިވާ އިރު ރާއްޖޭގެ ބައެއް މީޑިއާތަކުން މިރޭ ރިޕޯޓުކޮށްފައި ވަނީ އިލެކްޝަަންސް ކޮމިޝަނުން ޕީއެންސީ ރެޖިސްޓްރީކޮށްދީފައިވާ ކަމަށެވެ.
ސިޔާސީ ޕާޓީތައް ރަޖިސްޓްރީ ކުރުމަށް ބާއްވާ ޖަލްސާ މިދިޔަ އާދިއްތަ ދުވަހު ކޮންގްރެސް ޕާޓީން ވަނީ 357 މެމްބަރުންނާއެކު ދަރުބާރު ގޭގައި ބާއްވާފައެވެ.
ރައީސް ޔާމީން ބައިވެރިވެވަޑައިގެންނަވި އެ ޖަލްސާގައި އެޕާޓީގެ ވަގުތީ ރައީސް އާއި ނައިބު ރައީސުން އަދި ވަގުތީ ހިންގާ ކޮމެޓީ އެއް ވަނީ އިންތިހާބު ކޮށްފައެވެ. އަދި ވަގުތީ ހިންގާ ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައި ވަނީ އެޕާޓީގެ ސެކެޓްރީ ޖެނެރައާއި ރަޖިސްޓްރާގެ މަގާމަށް ބޭފުޅަކު މިއަދު ކަނޑައަޅާފައެވެ.