08 Oct 2011, 13:58
ޅ. ހިންނަވަރު އިން 300 އެއްހާ މީހުން އެމްޑީޕީއަށް ސޮއިކޮށްފި އެވެ.
"ހިންނަވަރު މެކުހަށް" މިނަމުގައި އެމްޑީޕީން ރޭ ހިންނަވަރުގައި ބޭއްވި ޖަލްސާއެއްގައި އެމްޑީޕީއަށް އަލަށް ގުޅުނު މީހުންގެ ފޯމްތައް ވަނީ ހަވާލުކޮށްފަ އެވެ.
އެމްޑީޕީން ބުނީ ރޭ ސޮއިކުރި މީހުންނާ އެކު އެމްޑީޕީގެ އެންމެ މެންބަރުން ގިނަ ދާއިރާ އަށް ހިންނަވަރު ދާއިރާވެފައިވާ ކަމަށް އެ ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު (އިބޫ) ރޭގެ ޖަލްސާގައި ވިދާޅުވެފައިވާ ކަމަށެވެ.
ކުރިން ހިންނަވަރު އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ތިބީ 913 މެންބަރުން ކަމަށް އެމްޑީޕީން ބުންޏެވެ. ނަމަވެސް ރޭ އެމްޑީޕީއަށް ސޮއިކުރި މީހުންނާ އެކު ހިންނަވަރު ދާއިރާގައި އެމްޑީޕީގެ މެންބަރުންގެ އަދަދު 1200 އަށް އަރާފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.