31 Jan 2019, 15:23
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ދާދި ފަހުން އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުގައި އޭނާ އިންނެވި ކާރު އެކްސިޑެންްޓްވި ކަަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފި އެވެ.
އެ އެކްސިޑެންޓް ހިނގީ އިންޑިއާގެ ޝިމްލާގެ ރިސޯޓެއް ކަމަށްވާ ކުފްރީއަށް މޯޓާކޭޑްގައި ދަތުރުކުރައްވަނިކޮށް ކަމަށް ވެސް އެގައުމުގެ ނޫސްތަކުން ބުންޏެވެ.
ޝިމްލާގެ ޑެޕިއުޓީ ސުޕްރިންޑެންޓް އޮފް ޕޮލިސް ޕަރުމޫދް ސަކްސޭނާއާ ހަވާލާދީ އިންޑިއާގެ ނޫހަކުން ބުނީ އެ ހާދިސާ ހިނގީ މާރިއާ އިންނެވި މޯޓާކޭޑް ދަތުރުކުރަނިކޮށް އެތާ ކައިރިން ބާރަށްް ދުއްވާފައި ދިޔަ ކާރެއް ހުއްޓަން އެންގުމުން އެ ކާރު ހުއްޓަން އުޅުމުގެ ތެރޭގައި މޯޓާކޭޑްގައި ޖެހިގެން ކަމަށެވެ.
އެ ހާދިސާގައި މާރިޔާއަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެެ އެވެ.
އެ ހާދިސާއާ ބެހޭ ގޮތުން ފޮރިން މިނިސްޓްރީ އަދި އެމްއެންޑީއެފުގެ ބަހެއްވެސް ލިބޭގޮތް ވަނީ ނުވެފަ އެވެ.
އިންޑއާއަށް ކުރެއްވި ދަތުރުގައި މާރިޔާ ވަނީ އިންޑިއާގެ ޑިފެންސް މިނިސްޓަރު ނިރަމަލާ ސިތަރަމަންއާ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރާ ފަރާތްތައް ހުއްޓުވައި މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމުގެ ގޮތުން ދެ ގައުމުގެ މެދުގައި އަސްކަރީ ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.
މާރިޔާ ވަނީ ރާއްޖެ އިން ބޭނުން ވަނީ އިންޑިއާ ކަނޑަކީ ރައްކާތެރި ސަރަހައްދެއްގެ ގޮތުގައި އޮތުމަށް ކަމަށް ވިދާޅުވެފަ އެވެ.
ކުރީ ސަރުކާރުން އިންޑިއާއާ ގުޅުން ގޯސްވި ނަމަވެސް އާ ސަރުކާރު އައި ފަހުން ދެ ގައުމުގެ ގުޅުންތައް އަނެއްކާ ވެސް ވަނީ ރަނގަޅުވެފަ އެވެ.