ބޮލީވުޑްގެ ކާމިޔާބު ޕްރޮޑިއުސަރު އެކްތާ ކަޕޫރަށް ސަރޮގެސީ މަދަރ އެއް (އެއްބަސްވުމެއްގެ ދަށުން ބަލިވެ އިންނަ އަންހެނަކު) މެދުވެރިކޮށް ފިރިހެން ކުއްޖެއް ލިބިއްޖެއެވެ.

އެކަން އެކްތާ ވަނީ ކަށަވަރުކޮށްދީފައެވެ. ބޮލީވުޑް ގިނަ ތަރިންތަކެއް އެކްތާއަށް އަންނަނީ މަރުހަބާ ކިޔަމުންނެވެ.

އެ ކުއްޖާ އުފަންވީ މި މަހުގެ 27 ވަނަ ދުވަހުއެވެ. އަދި ކުއްޖާއަށް ކިޔާނެ ނަމެއް ހާމަކޮށްފައިނުވެއެވެ.

މިއީ އެކްތާގެ ފުރަތަމަ ދަރިފުޅެވެ.

އެކްތާ ބޭބެ ތުޝްހާރު ވެސް ވަނީ ސަރޮގެސީ މެދުވެރިކޮށް ކުއްޖަކު ހޯދާފައެވެ.

ދާދި ފަހުން ބޮލީވުޑް އެކްޓްރެސް ސަނީ ލިއޯން ވެސް ވަނީ ސަރޮގެސީ މެދުވެރިކޮށް ކުއްޖަކު ހޯދާފައެވެ. އޭނާ އަށް ލިބުނީ އެއްމާބަނޑު ދެ ފިރިހެން ކުދިންނެވެ.