31 Jan 2019, 11:03
ވަގު ޑޮލަރު މާރުކުރި މައްސަލައެއްގައި ބަޔަކު ހޯދުމަށް ފުލުހުން ވީޑިއޯ އާންމު ކޮށްފިއެވެ.
ފުލުހުން ވަނީ ވަގުޑޮލަރު މާރުކުރި ދެ މީހަކު ހޯދުމަށް އެމީހުންގެ ވީޑިއޯ އާއެކު ފުލުހުންގެ ވެބްސައިޓުގައި އިއުލާނު ކޮށްފައެވެ. އެ ވީޑިއޯ އިން ފެންނަނީ ފޯނެއްގައި ހުރެ ތަނެއްގެ ދޮރު ހުޅުވާފައި ވަންނަ މީހަކަޢި އެމީހާގެ ފަހަތުން ވަންނަ އިތުރު މީހެކެވެ.
އެ ދެމީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންނަށް ރިޕޯޓު ކުރުމަށް ވަނީ އެދިފައެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު ދަންނަވައިފައެވެ.