08 Oct 2011, 10:22
ނޮދަން ޔުޓިލިޓީޒް ލިމިޓެޑުގެ މައި އޮފީސް ޅ. ފެލިވަރުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ހުޅުއްވައިދެއްވައިފި އެވެ.
މިއީ، ޔުޓިލިޓީޒް ކުންފުނިތަކުގެ މައި އޮފީސްތައް މާލޭގައި ޤާއިމު ކުރުމުގެ ބަދަލުގައި، އެކުންފުންޏެއްގެ ޚިދުމަތްދޭ ސަރަޙައްދަކަށް ބަދަލުކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން ބަދަލުކުރެވުނު ދެވަނަ އޮފީސްކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ނޯދަން ޔުޓިލިޓީޒް ލިމިޓެޑުގެ މައި އޮފީސް ފެލިވަރުގައި ހުޅުއްވައި ދެއްވުމަށް ފެލިވަރުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މިގޮތަށް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ޔޫޓިލިޓީޒް ކުންފުނިތަކުގެ މައި އޮފީސްތައް ބަދަލުކުރެއްވުމުގެ ބޭނުންފުޅަކީ، އެކުންފުންޏެއްގެ ޚިދުމަތް ރައްދުވާ ރައްޔިތުންނާ، ވީއެންމެ ގާތުން ކުންފުނިތަކުގެ މަސައްކަތްކުރުން ކަމަށެވެ.
"މިގޮތަށް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ޔޫޓިލިޓީޒް ކުންފުނިތަކުގެ މައި އޮފީސްތައް ބަދަލުކުރެއްވުމުގެ ބޭނުންފުޅަކީ، އެކުންފުންޏެއްގެ ޚިދުމަތް ރައްދުވާ ރައްޔިތުންނާ، ވީއެންމެ ގާތުން ކުންފުނިތަކުގެ މަސައްކަތްކުރުން. ސަރުކާރުން އުފައްދަވާފައިވާ ހަތް ޔޫޓިލިޓީޒް ކުންފުނިން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ކަރަންޓުގެ ޚިދުމަތް ފޯރުވައިދިނުމުގެ މަސައްކަތް ކުރިއަށްދަނީ ވަރަށް ރަނގަޅަށް،" ރައީސް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުން އުފައްދަވާފައިވާ ހަތް ޔުޓިލިޓީޒް ކުންފުނިން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ކަރަންޓުގެ ޚިދުމަތް ފޯރުވައިދިނުމުގެ މަސައްކަތް ކުރިއަށްދަނީ ވަރަށް ރަނގަޅަށް ކަމުގައި ވިދާޅުވި އެވެ. އަދި ނޯދަން ޔުޓިލިޓީޒް ކުންފުނިން އުތުރު ޕްރޮވިންސްގެ ރަށްތަކަށް ފޯރުކޮށްދެމުން ގެންދާ ޚިދްމަތްތައް ފާހަގަކުރައްވަމުން، އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަމަނަށާއި ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރަށާއި އަދި ބޯޑު މެންބަރުންނަށް ޝުކުރު އަދާކުރެއްވި އެވެ.