31 Jan 2019, 01:57
ރާއްޖޭގެ ލީޑިން އިންޝުަރެންސް ކުންފުނި އެލައިޑް އިންޝުރެންސްގެ ބްރޭންޑް އެމްބެސެޑާއަކަަށް ވ. ކެޔޮދޫ ނަހުޒާން އަހުމަދު ހުސައިން (ނަހޫ) ހަމަަޖައްސައިފި އެވެ.
އެލައިޑް އިންުޝުއަރެންސްގެ 34 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅިގެން މިރޭ ބޭއްވި ހާއްސަ އިވެންޓްގައި ބްރޭންޑް އެމްބެސެޑަރުކަމުގެ ލިޔުން ނަހޫއާ ވަނީ ހަވާލުކޮށްފަ އެވެ.
Saving the best for last, we bring you the latest version of Allied Mobile App.
More feasible & time saving with all new additional insurance services. Choose Allied Mobile App for a paperless experience.pic.twitter.com/CQqHQMXupc— Allied Insurance (@alliedmv)January 30, 2019
ނަހޫ މަޝްހޫރުވީ މޯލްޑިވިއަން އައިޑޮލްގެ ދެވަނަ ސީޒަންގައި ދެއްކި އެލައިޑް އިންޝުއަރެންސުގެ އިޝްތިހާރުތަކުގައި ދެއްކި މަޖާ އެކްޓިންގެ ސަބަބުންނެވެ.
އެލައިޑް އިންޝުއަރެންސަށް 34އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުންބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ބްރޭންޑް އެމްބެސެޑަރުގެ މަގާމަށް ހަަމަޖެއްސުމުގެ އިތުރުން ނަހޫއަށް ހެލްތު އިންޝުއަރެންސްގެ ޕެކޭޖެއްވެސް އެލައިޑުން މިރޭ ވަނީ އަރުވައިފަ އެވެ.
އެލައިޑުން ބުނީ ބްރޭންޑް އެމްބެސެޑަރުގެ މަގާމަށް ނަހޫ ހަމަޖެއްސުމުން، އެލައިޑް ޕްރޮމޯޓްކުުރުމުގެ އެކި އެކި އިޝްތިހާރުތަކާއި އެކި އެކި ކެމްޕޭންގައި އޭނާ ފެނިގެންދާނެ ކަމަށެވެ.
އެލައިޑް އިންޝުއަރެންސަށް 34އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ލޯންޗްކުރި "މަށަށް އެނގިއްޖެ" ކެމްޕޭންއާ ބެހޭ ގޮތުން މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މިރޭގެ ރަސްމިއްޔާތުގައި އެލައިޑުން ވަނީ، މަގުތަކުގައި ދުއްވާއިރު ސަމާލުވާން ޖެހޭ ކަންތައްތަކާ ގުޅޭ ގޮތުން "މަށަށް އެނގިއްޖެ"ގެ ނަމުގައި ހޭލުންތެރިކަން އިތުރުކުރުމަށް ކެމްޕޭންއެއްވެސް ލޯންްޗްކޮށްފަ އެވެ. އެ ކެމްޕޭންގެ އެކިއެކި އިޝްތިހާރުތަކުގައި ނަހޫ ފެނިގެންދެ އެވެ. އެ ހުރިހާ އިޝްތިހާރެއްގައި ވެސް އޭނާ ފެނިގެންދަނީ "އޭޖެންޓް 1600"ގެ ނަމުން ނަންދީފައިވާ އޭޖެންޓެއްގެ ގޮތުގަ އެވެ.