31 Jan 2019, 02:42
ރާއްޖޭގެ ލީޑިން އިންޝުއަރެންސް ކުންފުނި އެލައިޑް އިންޝުއަރެންސްއިން، ރާއްޖޭގެ ބޯޓިން އެސޯސިއޭޝަންއާ ގުޅިގެން ސަފާރީތަކަށް ހާއްސަކޮށް "ލިވާބޯޑް ޕެކޭޖް" ގެ ނަމުގައި ހާއްސަ ޕެކޭޖެއް ތައާރަޕްކޮށްފިއެވެ.
އެލައިޑް އިންުޝުއަރެންސްގެ 34 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅިގެން މިރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ އިވެންޓްގައި އެ ޕެކޭޖް ލޯންޗްކޮށްދެއްވީ އެކުންފުނީގެ އަންޑަރައިިޓިން މެނޭޖަރު އަހުމަދު ޝާބިގެވެ.
އެލައިޑް އިންޝުއަރެންސަށް 34އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ހާއްސަ އިވެންޓްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ކަނޑުގައި ދުއްވާ އުޅަނދުތަކަށް ދިމާވާ ނުރައްކާތެރި ކަންތައްތައް ކުޑަކުރުމަށް "ހަލް އިންޝުއަރެންސް" ގެ ނަމުގައި މީގެ ކުރިންވެސް އިންޝުއަރެންސް ޕެކޭޖެއްގެ ހިދުމަތްތަކެއް އެލައިޑުން ދިޔައީ ދެމުންނެވެ.
އެލައިޑުން ބުނީ އަލަށް ތައާރަފްކުރި "ލިވާބޯޑް ޕެކޭޖް" ގެ ދަށުން ކުރިން ނުލިބޭ ޚިދުމަތްތައްވެސް ލިބިގެންދާނެ ކަމަށެވެ. އޭގެ ތެރޭގައި ސަފާރީތަކުގައި ބޭނުންކުރާ ޑިންގީއާއި އަދި ޑައިވިން އިކުއިޕްމަންޓްތަކުގެ އިތުރުން އެ އުޅަނދުތަކުގައި ހުންނަ "ލަގްޒަރީ" އިކުއިޕްމަންޓްތައްވެސް އިންޝުއަރެންސް ކުރެވިގެންދާނެ ކަމަށް އެލައިޑުން ބުންޏެވެ.
އެލައިޑް އިންޝުއަރެންސަށް 34އަހަރު ފުރުން ފާހަނގަކުރުމުގެ ގޮތުން ބޭއްވި ހާއްސަ އިވެންޓްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެސްޓީއޯ އަދި އިނގިރޭސިވިލާތުގެ ކޮމާޝިއަލް ޔޫނިއަން އިންޝުއަރެންސް ކުންފުންޏާ ގުޅިގެން ހެދި ޖޮއިންޓް ވެންޗާއެއްގެ ދަށުން އެލައިޑް އިންޝުއަރެންސް އުފެއްދީ 1985 ވަނަ އަހަރުއެވެ. ފާއިތުވި އަހަރުތަކުގައި އެ ކުންފުނިން ވަނީ އިންޝުއަރެންސްގެ ޚިދުމަތް ވަރަށް ބޮޑަށް ފުޅާކޮށްފައެވެ. މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް ބިޒްނަސް އެވޯޑްސްގައިވެސް އެ ކުންފުނި ވަނީ ރާއްޖޭގެ އެންމެ ކާމިޔާބު ކުންފުންޏަކަށް ހޮވިފައެވެ.