ރާއްޖޭގެ ލީޑިން އިންޝުއަރެންސް ކުންފުނި، އެލައިޑް އިންޝުއަރެންސްއިން އެކުންފުނިން ކުރިން ބޭނުންކުރި އެޕް ރީބްރޭންޑް ކުރުމަށްފަހު އަލުން ލޯންޗްކޮށްފިއެވެ.

އެ އެޕް ލޯންޗްކުރީ އެލައިޑް އިންޝުއަރެންސްގެ 34 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅިގެން ރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އުރީދޫއިން ބުނީ އާ އެޕް ޑިޒައިންކޮށްފައިވަނީ ކަސްޓަމަރުންނަށް ކުރިއަށްވުރެ ފަސޭހައިން ބޭނުންކުރެވޭގޮތަށް ކަމަށެވެ.

އެލައިޑް އިންޝުއަރެންސަށް 34އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ހާއްސަ އިވެންޓްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އާ އެޕްގައި އާ ޚިދުމަތްތަކެއްވެސް ވަނީ ހިމަނައިފައެވެ. އެގޮތުން އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްގެ ދެ ހިދުމަތެއް ކަމަށްވާ ހޯމް ކޮންޓެންޓް ތަކާފުލް އަދި ހައްޖު އެންޑް އުމްރާ ތަކާފުލް އޮންލައިންކޮށް ނެގޭނެ ގޮތްވަނީ ހަދައިފައެވެ.

އަދި މޯޓާ އިންޝުއަރެންސް އަދި ޓްރެވަލް އިންޝުއަރެންސްގެ ހިދުމަތް އޮންލައިންކޮށް ނެގޭނެ ގޮތް ހެދުމުގެ އިތުރުން އިންޝުއަރެންސް އާކޮށް އަދި ބެލެންސް ބެލުންފަދަ ހިދުމަތްތައް ލިބިގެންދާނެ ކަމަށްވެސް އެލައިޑްއިން ބުންޏެވެ.

އެލައިޑް އިންޝުއަރެންސަށް 34އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ހާއްސަ އިވެންޓްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާް

އެލައިޑުން ބުނީ އެ އެޕް މިހާރު ޑައުންލޯޑް ކުރެވޭނެ ކަމަށެވެ.

އެސްޓީއޯ އަދި އިނގިރޭސިވިލާތުގެ ކޮމާޝިއަލް ޔޫނިއަން އިންޝުއަރެންސް ކުންފުންޏާ ގުޅިގެން ހެދި ޖޮއިންޓް ވެންޗާއެއްގެ ދަށުން އެލައިޑް އިންޝުއަރެންސް އުފެއްދީ 1985 ވަނަ އަހަރުއެވެ. ފާއިތުވި އަހަރުތަކުގައި އެ ކުންފުނިން ވަނީ އިންޝުއަރެންސްގެ ހިދުމަތް ވަރަށް ބޮޑަށް ފުޅާކޮށްފައެވެ. މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް ބިޒްނަސް އެވޯޑްސްގައިވެސް އެ ކުންފުނި ވަނީ ރާއްޖޭގެ އެންމެ ކާމިޔާބު ކުންފުންޏަކަށް ހޮވިފައެވެ.