06 Jun 2010, 09:56
14:30
އިރާގުގެ ވެރިރަށް ބަގްދާގުގައި ހުންނަ ފުލުހުންގެ މަރުކަޒެއްގެ ކައިރީގައި މީހަކު ޖާނުން ފިދާވެގެން ދިން ކާރު ބޮމުގެ ހަމަލާއެއްގައި ފުލުހުންގެ ހަތަރު މީހަކު މަރުވެ، 10 ފުލުހަކު ޒަހަމްވެއްޖެ އެވެ.
މިހަމަލާދީފައި ވަނީ ބަގްދާދުގެ ޕޮލިސް ސްޓޭޝަނެއްގައި ފުލުހުންގެ ޑިއުޓީ ބަދަލުވި ގަޑީގައި ގިނަ ފުލުހުން ތަކެއް ޕޮލިސް ސްޓޭޝަން ކައިރީއަށް ޖަމާވެފައިވާ ވަގުތެއްގައި ގޮވާތަކެއްޗާއެކު ދިޔަ ކާރެއް އެ ފުލުހުންގެ ތެރެއަށް ދުއްވާފައި ގޮސް ގޮއްވާލައިގެން ކަމަށް އެޤައުމުގެ އިންޓީރިއާ މިނިސްޓްރީން ބުނެ އެވެ.
މިއީ މިފަހަކަށް އައިސް އިރާގުގެ ސަލާމަތީ ބާރުތަކުގެ އިމާރާތަކަށް ދީފައިވާ މިފަދަ ފުރަތަމަ ހަމަލާ ކަމަށް ޚަބަރުތައް ބުނެ އެވެ.