ރާއްޖޭގެ އެންމެ ބޮޑު އިންޝުއުރެންސް ކުންފުނި، އެލައިޑް އިންޝުއުރެންސްގެ މެނޭޖިން ޑިރެކްޓަރަކަށް މއ. ކެނޯވާ، މުހައްމަދު ޝަފާޒް އެސްޓީއޯގެ ބޯޑުން އައްޔަނު ކޮށްފި އެވެ.

އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި އަދި ފުޅާ ދާއިރާއެއްގައި ރާއްޖޭގައި އިންޝުއަރެންސްގެ ހިދުމަތް ދެމުން އަންނަ އެލައިޑް އިންޝުއަރެންސްގެ އެމްޑީއަކަށް އައްޔަނު ކުރި ޝަފާޒް ވަނީ 24 އަހަރު އެ ކުންފުނީގައި މަސައްކަތް ކުރައްވާފައެވެ.

އަދި އޭނާ ވަނީ އެލައިޑްގެ އެގްޒެކްޓިވް ޑިރެކްޓަރުކަމާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމް ވެސް އަދާކުރައްވާފަ އެވެ.

އެލައިޑްގެ އެމްޑީއަކަށް ބޭފުޅަކު އައްޔަނުކޮށްފައި މިވަނީ އެ މަގާމްގައި ކުރިން ހުންނެވި އަހްމަދު އަމީލް އިސްތިއުފާ ދެއްވުމުންނެވެ. އެލައިޑުގައި 24 އަހަރު ހޭދަކުރުމަށްފަހު މިދިޔަ ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހު އޭނާ އިސްތިއުފާ ދެއްވީ އާއިލާއަށް ވަގުތު ދެއްވުމަށް ކަމަށް ވިދާޅުވެ އެވެ.