30 Jan 2019, 17:15
ވ. އަލިމަތަ އުތުރު ކަނޑުއޮޅިއަށް ފީނުމަށް ފޭބި ފަތުރުވެރިޔަކު ގެއްލިގެން ހޯދަމުންދަނިކޮށް މަރުވެފައި އޮތްވާ ފެނިއްޖެ އެވެ.
ނޯތުލެސް ކުރުޒާ 2" ނަމަކަށް ކިޔާ ސަފާރީ އަކުން އެ ސަރަހައްދަށް ފީނުމަށް ފޭބި ފަތުރުވެރިއެއްގެ ހަބަރެއް ނުވެގެން ހޯދަން ފަށައިފައިވަނީ މިއަދު މެންދުރު 1:33 ގައެވެ.
އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދަމުންދިޔަ 57 އަހަރުގެ ފަތުރުވެރިޔާ ހޯދަމުންދަނިކޮށް ފެނިފައިވަނީ މޫދު އަޑީގައި މަރުވެފައި އޮތްވާ ކަމަށެވެ.
ފަތުރުވެރިޔާގެ ހަށިގަނޑު ފެނިފައިވަނީ ރިސޯޓްގެ ޑައިވަރުންނާއި އެމްއެންޑީއެފްގެ ކޯސްޓްގާޑް ގެ ޑައިވަރުން ހޯދަމުން ދަނިކޮށް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އޭނާގެ ހަށިގަނޑު ފެންމައްޗަށް ނެގުމުގެ މަސައްކަތް މިހާރު އެމްއެންޑީއެފުން އަންނަނީ ކުރަމުންނެވެ.