30 Jan 2019, 16:20
ރާއްޖޭގެ ބޯޑަރު ކޮންޓްރޯލް ނިޒާމް އޮތީ ނާޒުކު ފައްތަރެެއްގައި ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ވިދާޅުވެއްޖެ އެވެ.
ކޮމިއުނިކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަލީހް ވިދާޅުވީ އެ ބޯޑަރު ކޮންޓްރޯލް ނިޒާމް ހުރީ އިމިގްރޭޝަންގެ ނިޒާމް ހުއްޓުމަކަށް އަންނަ ހާލަތެއްގައި ކަަމަށެވެ. އަދި ވިދާޅުވީ އެ ސިސްޓަމް ޑައުންވެއްޖެ ނަމަ އެ ސިސްޓަމް އަޕް ކުރެވޭނެ އެއްވެސް ޔަގީން ކަމެއް އެ މިނިސްޓްރީގައި ނެތް ކަމަށެވެ.
"ސިސްޓަމަށް ބޭނުންވާ ހާޑްވެއާ އެމެރިކާ އިން މިކޮޅަށް ގެނައުމުގައި އޭރު ސަރުކާރު ހުރަސްތަކެއް އަޅާފައި ނޫނީ އެކަމަށް ގްރީން ސިގްނަލްއެއް ނުދެއްވާ ހުރީ. އެއަށް ބޭނުންވާ ސޮފްޓްވެއާގެ ހުއްދަ ވެސް ނުދެއްވާ ހުރީ. ހަމަ ކޮންމެ ހާލަތެއްގައި ވެސް ފްލައިޓްތަކެއް މާލެއަށް ލޭންޑް ކުރުމަށް ފަހު އިމިގްރޭޝަންގެ ކަންތައްތައް ހުއްޓުމަކަށް އަންނަ ހާލަތެއްގައި އޮތީ،" މަލީހް ވިދާޅުވި އެވެ.
އަދި ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީ އަދި ރައީސް އޮފީހުގެ ފަރާތުން އެމެރިކާ ސަރުކާރުގެ ސަމާލު ކަމަށް އެކަން ގެންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ދާދި ފަހުން އެމެެރިކާގެ ޓީމެއް އައިސް އޭގައި ހުރި އައުޓްޑޭޓް ސާވާތައް ބަދަލުކޮށްފައިވާ ކަން ވެސް މަލީހް ވަނީ ފާހަގަކުރައްވައިފަ އެވެ.
"އިއްޔެ އަޅުގަނޑުމެން ކަސްޓަމްސް އިން ކްލިއާ ކުރުމަށް ފަހު ރޭގައި އެ ސިސްޓަމްތައް އިންސްޓޯލް ކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައި ވަނީ އޭގެ އަނެއް މަރުހަލާއަކަށް ވާނީ އެއާޕޯޓްގައި ގެންގުޅޭ އެއާގުޅުން ހުރި ހާޑްވެއާތައް ބަދަލުކޮރުމުގެ ކަންކަން. އެކަންކަން ވެސް ވަރަށް އަވަހަށް ފެށިގެންދާނެ." މަލީހް ވިދާޅުވި އެވެ.