ވ. އަލިމަތަ އުތުރު ކަނޑުއޮޅިޔަށް ފީނުމަށް ފޭބި ފަތުރުވެރިޔަކު ގެއްލިގެން ހޯދަމުންދަން ފަށައިފި އެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް އަށް ލިބުނީ މިއަދު މެންދުރު 1:33ގަ އެވެ.

އެމްއެންޑީއެފް ގެ މީޑިއާ އޮފިސަރު މިއަދު ވިދާޅުވީ، "ނޯތުލެސް ކުރުޒާ 2" ނަމަކަށް ކިޔާ ސަފާރީ އަކުން އެ ސަރަހައްދަށް ފީނުމަށް ފޭބި ފަތުރުވެރިއެއްގެ ހަބަރެއް ނުވެގެން ހޯދަން ފަށައިފައިވާ ކަމަށެވެ.

އެމްއެންޑީއެފް ގެ މީޑިއާ އޮފިސަރު މިއަދު ވިދާޅުވީ، "ނައުޓިލަސް 2" ނަމަކަށް ކިޔާ ސަފާރީ އަކުން އެ ސަރަހައްދަށް ފީނުމަށް ފޭބި ފަތުރުވެރިއެއްގެ ހަބަރެއް ނުވެގެން ހޯދަން ފަށައިފައިވާ ކަމަށެވެ.

ގެއްލިގެން ހޯދަމުންދަނީ 57 އަހަރުގެ ފިރިހެނެކެވެ.

މިހާރަކަށް އައިސް ރާއްޖޭގައި ފީނުމަށް ދާ ފަތުރުވެރިން މަރުވާ އަދަދު ދަނީ އިތުރުވަމުންނެވެ.