30 Jan 2019, 13:48
ސައިލުތަކެއްގެ މަޑީގައި ކަޓަރު އަޅަމުންދާ މީހަކު ހޯދަން ބޭނުންވެގެން މިހާކު ހޯދުމަށް އެދި ފުލުހުން އިއުލާންކޮށްފި އެވެ.
ފުލުހުން ބުނީ ކަޓަރު އެޅި މީހާގެ މައްސަލަ މިހާރު ފުލުހުންގެ ޖެނެރަލް ޑިޕާޓްމަންޓް އޮފް އިންވެސްޓިގޭޝަންއިން ތަހުގީގު ކުރަމުންގެންދާ ކަމަށެވެ.
ސައިކަލުތަކުގައި ކަޓަރު އެޅި މީހާ ހޯދުމުގެ ގޮތުން އެހީއަށް އެދި ފުލުހުން ވަނީ އޭނާގެ ވީޑިއޯއެއް ވެސް އާންމުކޮށްފަ އެވެ.
އޭނާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ނަމަ 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ފުލުހުން ބުނީ އެފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް އަބަދުވެސް އެއްބާރުލުން ލިބޭ ކަމަށެވެ. މީގެ ކުރިން ވެސް ވައްކަމާއި ފޭރުމާއަ އަދި އެހެނިހެން ގިނަ މައްސަލަތަކުގައި ކާކުކަން ނޭނގިގެން އެ މީހުން ހޯދުމުގެ ގޮތުން އެހީއަށް އެދި ވީޑިއޯތައް ފުލުހުން އާންމުކޮށްފައިވެ އެވެ.